އާބާދީ 60 އިންސައްތަ މީހުން މުއިއްޒުގެ މަސައްކަތްތަކާއިމެދު ހިތްހަމަޖެހޭކަން ސާވޭއަކުން ދައްކައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ މަސައްކަތުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވާ ގޮތާމެދު ވޯޓުލާ އާބާދީގެ (60 ޕަސެންޓަށް ވުރެ ގިނަ) މީހުން ހިތްހަމަޖެހޭކަމަށް ބާނީ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީ (ބާނީ ސެންޓަރ) އިން ހެދި އޮޕީނިއަން ޕޯލްއަކުން ދައްކައިފިއެވެ.

މި ނަތީޖާއިން ދައްކާ ގޮތުގައި ދައުރުގެ މެދާ ހަމައަށް އާދެވުނުއިރު ރައީސް މުއިއްޒުއަށް އޮތް ތާއީދު ޖުމްލަގޮތެއްގައި ރަނގަޅެވެ.

ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއެއް ކަމުގައިވާ ބާނީ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީއިން ފާއިތުވި މަހު ވަނީ، ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ޒިންމާ އަދާކުރައްވާ ގޮތާމެދު، ވޯޓުލާ އުމުރުގެ ދިވެހި ރައްޔިތުން ދެކޭގޮތް އަހާފަ އެވެ. މި ސާވޭގެ ނަތީޖާ ދައްކާގޮތުން 60 ޕަސެންޓް ރައްޔިތުން ވަނީ އެމަނިކުފާނުގެ މަސައްކަތާމެދު ”ހިތްހަމަޖެހޭ“ ނުވަތަ ”ވަރަށް ބޮޑަށް ހިތްހަމަޖެހޭ“ ކަމަށް ބުނެފަ އެވެ. މީގެ އިދިކޮޅަށް، 36 ޕަސެންޓް ރައްޔިތުން ’ހިތްހަމަނުޖެހޭކަމަށް‘ ނުވަތަ ’ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަމަށް‘ ވަނީ ބުނެފަ އެވެ.

މި އަދަދުތަކަށް ބަލާއިރު، ރައީސް މުއިއްޒުއަށް ލިބިފައިވަނީ 24 ނެޓް އެޕްރޫވަލް ރޭޓިންގް އެކެވެ.

ބާނީ ސެންޓަރ އިން ހެދި އޮޕީނިއަން ޕޯލްގެ ނަތީޖާ

ރައީސް މުއިއްޒުގެ މަސައްކަތާމެދު ޖުމްލަ ގޮތެއްގައި ހިތްހަމަޖެހޭކަން ފާޅުކުރި 62 ޕަސެންޓް މީހުންގެ ތެރެއިން 21 ޕަސެންޓް މީހުން އެމަނިކުފާނާމެދު ވަރަށް ”ބޮޑަށް ހިތްހަމަޖެހޭކަމަށް“ ބުނެފައިވެ އެވެ. މީގެ އިތުރުން، 41 ޕަސެންޓް މީހުން ވަނީ އެމަނިކުފާނުގެ މަސައްކަތާ މެދު ހިތްހަމަޖެހޭކަން ފާޅުކޮށްފަ އެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 23 ނޮވެންބަރު އަދި 1 ޑިސެންބަރާ ދެމެދު، ރެންޑަމްކޮށް ޓެލެފޯން އިންޓަވިއު މެދުވެރިކޮށެވެ. ބާނީ ސެންޓަރ އިން ބުނެފައިވާ ގޮތުގައި، 391 ފަރާތަކާ ސުވާލުކޮށް، ބައިނަލްއަގްވާމީ ޕޮލިންގް މިންގަނޑުތަކާ އެއްގޮތަށް މި ސާވޭ ވަނީ ހަދާފަ އެވެ.

އިންހެނުން ރައީސް މުއިއްޒުއަށް ތާއީދުކުރާ މިންވަރު ބޮޑު!

ޕޮލްގެ ނަތީޖާއަށް ޖިންސުގެ ނަޒަރަކުން ބަލާލާއިރު، ފިރިހެނުންނަށް ވުރެއް އަންހެނުންގެ މެދުގައި ރައީސް މުއިއްޒަށް އޮންނަ ސަޕޯޓް އިތުރުކަން ފާހަގަކުރެވެއެވެ. މިގޮތުން، އަންހެނުންގެ 64 ޕަސެންޓް މީހުން ’ހިތްހަމަޖެހޭ‘ ނުވަތަ ’ވަރަށް ބޮޑަށް ހިތްހަމަޖެހޭ‘ ކަމަށް ބުންޏެވެ. އަދި ފިރިހެނުންގެ 60 ޕަސެންޓް ސަޕޯޓް އެމަނިކުފާނަށް ވަނީ ލިބިފަ އެވެ. މިއާ ހިލާފަށް، ފިރިހެނުންގެ ތެރެއިން 40 ޕަސެންޓް މީހުން ރައީސް މުއިއްޒާދޭތެރޭ ހިތްހަމަނުޖެހޭކަން ހިއްސާކުރިއިރު އަންހެނުންގެ ތެރެއިން ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައިވަނީ 36 ޕަސެންޓް މީހުންނެވެ.

އުމުރުފުރައިން ޕޮލްގެ ނަތީޖާއަށް ބަލާލާއިރު، ޒުވާނުންނަށް ވުރެއް ދޮށީ އުމުރުގެ މީހުންގެ މެދުގައި ރައީސް މުއިއްޒު މަގްބޫލުކަން ފާހަގަކުރެވުނެވެ. މިގޮތުން 55 އަހަރަށް ވުރެއް ދޮށީ އުމުރުގެ 67 ޕަސެންޓް މީހުން އެމަނިކުފާނުގެ މަސައްކަތާމެދު ހިތްހަމަ ޖެހޭކަމަށް ބުނެފައިވެ އެވެ. ނަމަވެސް، 18-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ރައީސް މުއިއްޒާމެދު ހިތްހަމަ ޖެހޭކަމަށް ބުނެފައިވަނީ އެންމެ 50 ޕަސެންޓް މީހުންނެވެ. ޒުވާން ވޯޓަރުން (18-24 އަހަރާ ދެމެދު) ގެ ތެރެއިން 8 ޕަސެންޓް މީހުން ’ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް‘ ބުނި އިރު، 25 ޕަސެންޓް ’ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭކަން‘ ފާހަގަކުރި އެވެ.

މީގެން ދައްކަނީ ޒުވާނުންގެ ތާއީދު ހޯދުމަށް ރައީސް މުއިއްޒުއަށް ދަތިތަކެއް ހުރިކަމެވެ.

ބާނީ ސެންޓަރ އިން ހެދި އޮޕީނިއަން ޕޯލްގެ ނަތީޖާ

އާބަން އަދި ރޫރަލް ސަރަހައްދުތަކުގެ މެދުގައި ނަތީޖާއަށް ބަލާއިރު، ރޫރަލް ސަރަހައްދުތަކުގައި ރައީސް މުއިއްޒުއަށް އޮތް ސަޕޯޓް އިތުރުކަން ފާހަގަކުރެވެ އެވެ. ރޫރަލް ސަރަހައްދުތަކުގެ 64 ޕަސެންޓް ރައްޔިތުން އެމަނިކުފާނަށް ތާއީދު ކުރާއިރު، އާބަން ސަރަހައްދުތަކުން އެމަނިކުފާނަށް ތާއީދުކުރަނީ 58 ޕަސެންޓް މީހުންނެވެ. އާބަން ސަރަހައްދުތަކުގެ ގޮތުގައި ބަލާފައިވަނީ މާލެ، ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް، އަދި އައްޑޫ ސިޓީގެ އިތުރުން 5000 މީހުންނަށް ވުރެއް އާބާދީ ބޮޑު ރަށްތަކެވެ. ރޫރަލް ސަރަހައްދުތަކުގެ ގޮތުގައި ބަލާފައިވަނީ 5000 އަށް ވުރެއް އާބާދީ ކުޑަ ރަށްތަކެވެ.

ބާނީ ސެންޓަރގެ މި ޕޮލްގެ ނަތީޖާއިން ދައްކަނީ ރައީސް މުއިއްޒުގެ ދައުރުގެ މެދާ ހަމައަށް އާދެވުނުއިރު، އާބާދީގެ ބޮޑު ބަޔެއްގެ ތާއީދު އެމަނިކުފާނަށް ލިބިފައިވާކަމެވެ. ނަމަވެސް، ޒުވާނުންގެ ތެރޭގައި ހިތްހަމަނުޖެހުން ބޮޑުކަމާއި، އާބަން އަދި ރޫރަލް ސަރަހައްދުތަކުގެ ތާއީދުގައި ތަފާތު ހުރިކަން ފާހަގަކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާނީ ސެންޓަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ