އިންޑިއާއިން ބަންގްލަދޭޝްގެ ސަފީރު ހާޒިރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއިން އެ ގައުމުގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ.

އިންޑިއާއިން ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ހާޒިރުކޮށްފައި މިވަނީ، ބަންގްލަދޭޝްއިން އެ ގައުމުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރިތާ ދެ ދުވަހެއް ފަހުންނެވެ.

އިންޑިއާއިން އެ ގައުމުގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ހާޒިރުކޮށްފައިވަނީ ބަންގްލަދޭޝްގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް އޮތް ސެކިއުރިޓީ ކޮންސާނަކާއި ގުޅިގެން ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބަންގްލަދޭޝްގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ސެކިއުރިޓީ ކޮންސާނެއް އޮތް ކަމަށް އިންޑިއާއިން ބުނެފައިވަނީ، ބަންގްލަދޭޝްގައި ކުރި މުޒާހަރާއެއް އިންޑިއާގެ ހައިކޮމިޝަނާ ދިމާލަށް މިސްރާބުޖަހާ އެތަނާ ގާތަށް ދިއުމުންނެވެ. އިންޑިއާގެ ހައިކޮމިޝަން ކައިރީގައި މުޒާހަރާ ކުރަނީ، އިންޑިއާގައި ފިލައިގެން ހުރި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާ ހަވާލުކުރުމަށް ގޮވާލަ އެވެ.

ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކުރުން–

މީގެ ދެ ދުވަސްކުރިން ބަންގްލަދޭޝްއިން އެ ގައުމުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ، އިންޑިއާގައި ފިލައިގެން ހުރި ޝޭހް ހަސީނާ، ބަންގްލަދޭޝްގެ ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ.

ހަސީނާ ފިލައިގެން އިންޑިއާގައި އުޅެމުންދާއިރު، މިފަހުން ބަންގްލަދޭޝްގެ ކޯޓަކުން ވަނީ ހަސީނާގެ މައްޗަށް މަރުުގެ ހުކުމްވެސް އިއްވާފަ އެވެ.

ބަންގްލަދޭޝްގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ކައިރީގައި މުޒާހަރާ ކުރަމުންދާތީ މިއަދު އެ ހައިކޮމިޝަނުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައްވެސް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބަންގްލަދޭޝް އިންޑިއާ ޝޭހް ހަސީނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ