ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގަ އެވެ.

ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް، ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ. މި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ.

ދެ އަހަރުގެ ތެރޭގައި ކޯޓާ ބާތިލުވާ ވަޒީފާތައް

މި އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހެއާ ޑްރެސަރުން، ބިއުޓީޝަނުން، ބޭބީ ސިޓާސް، ޕާސަނަލް ޓްރެއިނާސް، އިލެކްޓްރީޝަނުން، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއާ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުން އެވެ.

މި ވަޒީފާތަކަށް ބިދޭސީން ގެނައުން ދެ އަހަރުގެ ތެރޭގައި މުޅިން ހުއްޓާލަން ޖެހޭނެ އެވެ.

ތިން އަހަރާއި ހަތަރު އަހަރުގެ މުއްދަތުގައި ބާތިލުވާ ވަޒީފާތައް

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިން އިކްސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުން އަދި ޕައިލެޓުން ހިމެނެ އެވެ. މީގެ އިތުރުން، އެއަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކުގެ ތެރޭގައި އިލެކްޓްރިކަލް އިންޖީނިއަރުން އަދި ޑައިވް އިންސްޓްރަކްޓަރުން ހިމެނެ އެވެ.

ފަސް އަހަރުގެ މުއްދަތަށް ފަހު ބާތިލުވާ މުހިއްމު ދާއިރާތައް

މި ގަވާއިދުގެ ދަށުން އެންމެ ދިގު މުއްދަތެއް ދީފައިވާ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާ ހިމެނެ އެވެ. ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކުގެ ތެރޭގައި ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، ޕްރަންޓް އޮފީސް މެނޭޖަރުންނުން އަދި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން ހިމެނެ އެވެ. މިއީ ރާއްޖޭގެ މުހިއްމު ދާއިރާތަކަށް ދިވެހިން ތަމްރީނުކޮށް ވަނުމަށް ދެވޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން، ވަކިވަކި ދާއިރާތަކުގައި މިހާރުން ފެށިގެން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މަގު ފަހިވެގެންދާނެ އެވެ. އަދި މި ބަދަލުތަކަށް އަމަލުކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާތީ، ދާއިރާތަކަށް ބަދަލުތަކާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ