އެމްޕީއެލް ޕޯޓް ޓްރެއިނިންގ ސެންޓަރުގެ ދިރާސީ އަހަރު ނިންމާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީޓީސީ)ގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ، މުޙައްމަދު ސަޢީދެވެ. މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕޯޓް ދާއިރާގެ އެކި ޕްރޮގްރާމްތައް ފުރިހަމަކުރި ގިނަ އަދަދެއްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާަތުގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކުރެވުނީ ޔޫ.އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި އެމް.ޕީ.އެލް ގުޅިގެން ހިންގި އަންކްޓަޑް މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް (އެމްޕީއެމްޕީ)އެވެ. ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު 2024 ވަނަ އަހަރު އަލުން ފެށި ޖުމްލަ 18 މަސް ދުވަހުގެ މި ޕްރޮގްރާމް ފުރިހަމަކުރި 18 ފަރާތަކުން ރޭ ސެޓްފިކެޓް ހޯދި އެވެ. މީގެ ތެރެއިން 17 ފަރާތަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ވާއިރު، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މުވައްޒަފެއްވެސް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފެވެ.

މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމްގެ އެވޯޑްތައްވެސް މިރޭ ވަނީ ހަވާލުކޮށްފަ އެވެ. ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ އެމްޕީއެލްގެ އެސިސްޓަންޓް ޕްލޭނަރ، ހުސެއިން ޖައުފަރަށެވެ. އަދި ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ އެމްޕީއެލްގެ އެސިސްޓަންޓް މެނޭޖަރ، ހައިސަމް ސައީދަށެވެ. ބެސްޓް އޯލް ރައުންޑްގެ އެވޯޑާއެކު ހައިސަމްއަށް ވަނީ ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ އިން މާސްޓާސް ޑިގްރީ ސްކޮލަރޝިޕެއް ލިބިފަ އެވެ. މި ދެ އެވޯޑާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މީގެ އިތުރުން ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށްވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީން، ކެޕްޓަން މުޙައްމަދު ޒައިދެވެ. އެމްޕީއެލްއިން 2025 ވަނަ އަހަރު ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަކުރި 8 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލްރަޙްމާން މުބާރިކެވެ.

ޕޯޓް ދާއިރާގެ ތަޢުލީމަށް އެމްޕީއެލްއިން ދެމުންދާ އެއްބާރުލުން ފާހަގަކުރަމުން، އެމްޕީއެލް އިން ހިންގާ އެޕްރެންޓިސް އަދި އިންޓާރންޝިޕް ޕްރޮގްރާމްތަކުގެ އިންސްޓްރަކްޓަރުންނާއި ލެކްޗަރާރއިންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް ވަނީ ޚާއްސަ ބެޖެއް ދީފަ އެވެ. މި ބެޖްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. މީގެ އިތުރުން، އެމްޕީއެލް އާއި އެމްއެންޑީއެފް ކޯސްޓް ގާޑް ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ކޯހުން އެއްވަނަ ހޯދި އެމްޕީއެލްގެ ސެކިއުރިޓީގެ މުވައްޒަފެއް ކަމަށްވާ މުޙައްމަދު ޔައީޝް ޢަލީ އަށްވެސް ވަނީ ރެކޮގްނިޝަން އެވޯޑެއް ދީފަ އެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އަކީ އެމްޕީއެލްގެ މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރާ ސެންޓަރެކެވެ. އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އިން ކޮންމެ އަހަރަކުވެސް، އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ގިން ޕްރޮގްރާމްތަކެއް ހިންގަ އެވެ. އަދި ޕޯޓްގެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަ އެވެ.

އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ