މައި ވިޔަފާރި ބަނދަރަށް ވެސް މައި ވައިގެ ބަނދަރަށް ގެނައިފަދަ ތަރައްގީ ގެންނަން ޖެހޭ: މިނިސްޓަރު ސައީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

މައި ވައިގެ ބަނދަރަށް ގެނައިފަދަ ތަރައްޤީއާއި ކުރިއެރުން، މައި ވިޔަފާރި ބަނދަރަށް ގެނެސްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސަައީދު މިހެން ވިދާޅުވީ އެމްޕީއެލްގެ ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީޓީސީ)ގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާއި އެމްޕީއެލް ގުޅިގެން ހިންގި ”މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް“ ފުރިހަމަކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ކުރިއަށްގެންދިއުމުގައި އެމްޕީއެލްއިން އަދާކުރަނީ އާދަޔާޚިލާފު މުހިންމު ދަޢުރެއްކަމަށެވެ. އަދި ރާއްޖޭގެ ޕޯޓްގެ ސިނާޢަތް ތަރައްޤީކޮށް ފުޅާކުރުމަށް އިޤްތިޞާދީ ވުޒާރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކުރެވޭ އެންމެ ބޮޑު އެއްމަސައްކަތަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތާއި ޕޯޓުގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ މި މަސައްކަތްތަކުގެ އެއް ޢަމާޒަކީ ޒަމާނީ ނިޒާމުތަކާއެކު ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުންކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ކުޑަ ސެޓަލައިޓް ޕޯޓްތަކެއް ތަރައްޤީކުރުމާއި، އުތުރާއި ދެކުނުގައި ވިޔަފާރި މައި ދެ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނޭ. ކުރިއަށް ރޭވިފައިވާ މި މަސައްކަތްތަކާއެކު ޕޯޓުގެ ގޮންޖެހުންތަކަށް ޙައްލު އަންނާނެ.

މިނިސްޓަރު އިޝާރާތްކުރެއްވި ގޮތުގައި، 2000 ވަނަ އަހަރު ރާއްޖޭގެ ވިޔަފާރި ބަނދަރުން ޚިދުމަތް ދިނީ 30،000 ޓީއީޔޫ ކޮންޓެއިނަރުގެ ކެޕޭސިޓީއަށް ނަމަވެސް، މިއަދު 100،000 ޓީއީޔޫ ކޮންޓެއިނަރަށް ޚިދުމަތް ދެއެވެ. ނަމަވެސް، ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދަށް އައި ކުރިއެރުމާ ގާތަށްވެސް، ޕޯޓުގެ ޖާގަ އިތުރުކޮށް އިޤްތިޞާދަށް ބޭނުންވާ މިންވަރަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ސިޔާސަތުތަކާއެކު، މި މައްސަލައަށް ދެމެހެއްޓެނިވި ބޮޑު ޙައްލެއް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ