ނ. ވެލިދޫ ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ބުނީ، ވެލިދޫ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށްވެސް އެމްޓީސީސިއިން ބުނެފައިވެ އެވެ.
ވެލިދޫގެ ފަޅުން ހިއްކާ ސަރަޙައްދަކީ ރަށުގެ އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ޓަކައި ހާއްސަކޮށް ބޭނުންކުރަން ހަމަޖެހިފައިވާ ބިމެކެވެ. 2.7 ހެކްޓަރުގެ އެ ބިން ބޭނުންކުރާނީ އޮޑިދޯނި ބާލާ އެހެލުމަށާއި، ހާއްސަކޮށް ފައިބަރު މަސައްކަތް ކުރުމަށެވެ.
މި މަޝްރޫޢުގެ ދަށުން:
- 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން
- 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުން
- 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 19.4 މިލިއަން ރުފިޔާ އަށެވެ.
ނ. ވެލިދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)


