ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން، ޑިސްކަވަރ އެއަރލައިންގައި ޖަރުމަނުގެ ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފި އެވެ.
މި ދަތުރުތައް އަލުން ފެށުން ފާހަގަކުރުމަށް ވީއައިއޭގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއަރލައިންގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.
ވީއައިއޭއިން ބުނި ގޮތުގައި، ޑިސްކަވަރ އެއަރލައިންސްއިން މާލެއާއި ފްރޭންކްފާޓާއި ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ވީއައިއޭގެ އައު ޓާމިނަލުންނެވެ.
ޑިސްކަވަރ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ އެކި ދުވަސްވަރުގައި ކަމަށް ވީއައިއޭއިން ފާހަގަކުރެ އެވެ. ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމާއެކު، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް މިހާރު އަންނަނީ މި އައު ޓަރމިނަލަށް ބަދަލުކުރަމުންނެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ޤައުމަކަށްވާތީ، ޑިސްކަވަރ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ފައިދާތައް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.



