ސުކޫލުތަކުގެ ޔުނީފޯމުތަކަށް ގެންނަ ބަދަލުގެ ނަމޫނާ ސުކޫލުތަކަށް ފޮނުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2027 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސުކޫލުތަކުގެ ޔުނިފޯމަށް ގެންނަ ބަދަލުތަކުގެ ނަމޫނާ ސުކޫލުތަކަށް ފޮނުވައިފި އެވެ.

މިނިސްޓްރީ އިން ސުކޫލުތަކަށް ފޮނުވި އުސޫލުގައިވާ ގޮތުން މިނިސްޓްރީ އިން މި ބަދަލު ގެނައުމަށް ނިންމީ އުނގެނުމުގެ މާހައުލުގައި ދަރިވަރުންނަށް ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ ގަޔަށް ފަސޭހަ ޔުނިފޯމެއް ބޭނުންކުރުމަށް މަގުފަހިކޮށް ޔުނިފޯމްތަކުގައި އެއް މިންގަނޑެއް ހިފެހެއްޓުމުގެ މަގުސަދުގަ އެވެ. އަދި ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

2027 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގައިވާ ގޮތުން ރަސްމީ ޔުނިފޯމުތަކުގެ މަތި (ގަމީސް ޓޮޕް/ ގަމީސް) ގައި ބޭނުން ކުރެވޭނީ ހުދު، ސްކައި ބުލޫ، ޓީ ގްރީން އަދި ލައިޓް ރެޑް ކުލަ އެވެ. އަދި ރަސްމީ ޔުނިފޯމްތަކުގެ ތިރި (ފަޓުލޫނު/ ސްކާޓް/ ސޯޓު) ގައި ބޭނުން ކުރެވޭނީ ކަޅު ކުލަ އާއި ނޭވީ ބުލޫ ކުލަ އެކަންޏެވެ.

ސަރުކާރުގެ ސްކޫލްތަކުގެ ޔުނިފޯމަށް ގެންނަ ބަދަލުގެ ނަމޫނާ ކުރެހުމެއް

އުސޫލުގައިވާގޮތުން ބުރުގާ އަޅާ ކުދިންގެ ރަސްމީ ޔުނިފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަން ޖެހޭނީ ޔުނީފޯމު ކުލައިގެ ގަދަ ކުލައެއްގެ ބުރުގާއެކެވެ. ނުވަތަ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ވެސް ބޭނުން ކުރެވިދާނެ އެވެ. އޭގެއިތުރުން؛

  • އެކްޓިވިޓީ ޔުނިފޯމް:

    • އެކްޓިވިޓީ ޔުނިފޯމަށް ބޭނުންކުރެވޭނީ ފެހި، ރަތް، ނޫ ނުވަތަ ސްކޫލުން ބޭނުންކުރާ ކުލަ އެކެވެ.

    • އެކްޓިވިޓީއާ އެކު ލާ ސްކާޓް ނުވަތަ ފަޓުލޫނު ހުންނަން ޖެހެނީ ކަޅު ކުލައިންނެވެ.

  • ޓައީ:

    • ޓައީ އަކީ ކީ ސްޓޭޖް 5 ގެ ދަރިވަރުންގެ ޔުނިފޯމުގެ ބައެކެވެ.

    • ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުން ޓައީ އަޅާނީ ހަމައެކަނި ސްކޫލުން ބޭނުންވާ ނަމަ އެވެ.

    • ޓައީގެ ކުލަ: އެ ސްކޫލެއްގެ ކުލައިން ނުވަތަ ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން ސްކޫލުން ކަނޑައަޅާ ކުލަ އަކުންނެވެ.

    • ޓައީގައި އެ ސްކޫލެއްގެ ބެޖު ޖަހަން ޖެހޭނެ އެވެ.

ފައުންޑޭޝަން އަދި ކީ ސްޓޭޖުގެ ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ކަކުލުން ތިރިއަށް ހުންނަ ވަރުގެ ސޯޓު ލާން ޖެހޭއިރު، އަންހެން ކުދިން ލާން ޖެހޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. ސްކާޓާއެކު ބޭނުން ނަމަ ހަރުވާޅު ވެސް ލެވިދާނެ އެވެ. އަންހެން ކުދިން ލާން ޖެހޭނީ އަތް ދިގު ނުވަތަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ނަމަވެސް މި އުސޫލު އަރަބިއްޔާ ސްކޫލަށް ނުހިނގާނެކަމަށް ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ