ޔުނިފޯމް އެޅުމުގެ އާ އުސޫލާއެކު ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ޔުނިފޯމް އެޅުމާ ގުޅޭ އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި އާ ބަދާލާއެކު ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިނިސްޓްރީ އިން ސުކޫލުތަކަށް ފޮނުވި އުސޫލުގައިވާ ގޮތުން މިނިސްޓްރީ އިން މި ބަދަލު ގެނައުމަށް ނިންމީ ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ބުނެފައިވެ އެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެންނެވެ. މީގެ ކުރިން ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށްވެސް ސްކޫލުތަކުގައި ތުނބުޅި މަތިމަސް ބެހެއްޓުމުގެ ފުރުސަތެއް ނުދެ އެވެ.

އާ އުސޫލުގައި ވަނީ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް (ގްރޭޑް ނުވައަކުން ފެށިގެން 12 ވަނަ ގްރޭޑާ ހަމައަށް) ތުނބުޅި މަތިމަސް ބެހެއްޓޭ ގޮތަށް ހުއްދަ ދީފަ އެވެ. ނަމަވެސް، އުސޫލުގައި ވަނީ އެ ދަރިވަރުންގެ ތުނބުޅިއާއި މަތިމަސް ހުންނަންވާނީ އެއްވަރަށް ރީތިކޮށް ކޮށާފައި ކަމަށް ކަނޑައަޅާފަ އެވެ.

މި ބަދަލުގެ އިތުރުން ދަރިވަރުންގެ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނެސްފަ އެވެ. 2027 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގައިވާ ގޮތުން ރަސްމީ ޔުނިފޯމުތަކުގެ މަތި (ގަމީސް ޓޮޕް/ ގަމީސް) ގައި ބޭނުން ކުރެވޭނީ ހުދު، ސްކައި ބުލޫ، ޓީ ގްރީން އަދި ލައިޓް ރެޑް ކުލަ އެވެ. އަދި ރަސްމީ ޔުނިފޯމްތަކުގެ ތިރި (ފަޓުލޫނު/ ސްކާޓް/ ސޯޓު) ގައި ބޭނުން ކުރެވޭނީ ކަޅު ކުލަ އާއި ނޭވީ ބުލޫ ކުލަ އެކަންޏެވެ.

އުސޫލުގައިވާގޮތުން ބުރުގާ އަޅާ ކުދިންގެ ރަސްމީ ޔުނިފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަން ޖެހޭނީ ޔުނީފޯމު ކުލައިގެ ގަދަ ކުލައެއްގެ ބުރުގާއެކެވެ. ނުވަތަ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ވެސް ބޭނުން ކުރެވިދާނެ އެވެ.

މި ބަދަލު ގެނައުމަށް ނިންމީ އުނގެނުމުގެ މާހައުލުގައި ދަރިވަރުންނަށް ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ ގަޔަށް ފަސޭހަ ޔުނިފޯމެއް ބޭނުންކުރުމަށް މަގުފަހިކޮށް ޔުނިފޯމްތަކުގައި އެއް މިންގަނޑެއް ހިފެހެއްޓުމުގެ މަގުސަދުގައިކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ