”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް އެމްއޭސީއެލުން 250،000 ރުފިޔާ، ޖުމްލަ 1.5 މިލިއަނަށް

Advertisement

އެންމެ ފަސް

Advertisement

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯނަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން 250،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ޓެލެތޯނަކީ ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނުގައި ދައުލަތުގެ މުއައްސަސާތަކުންވެސް ދަނީ ބައިވެރިވެ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން އެމްއޭސީއެލްއިން ވަނީ 250،000 ރުފިޔާގެ އެހީއެއް ހަދިޔާކޮށްފަ އެވެ.

އެމްއޭސީއެލްގެ ފަރާތުން މި ފައިސާ ޕީއެސްއެމާ ހަވާލުކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު އަދި ޗީފް ކޮމާޝަލް އޮފިސާ މުހައްމަަދު ނިހާދެވެ. ޕީއެސްއެމްގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ އެގްޒެކެޓިވް ޑިރެކްޓަރު ހުސައިން ޝުހާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު ނިހާދު ވަނީ، ލަންކާއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށާއި މަރުވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާއަށް އެމްއޭސީއެލްގެ ފަރާތުން ހިތުގެ ފުންމިނުން ތައުޒިޔާ ދަންނަވާފަ އެވެ.

މިއަދު ހެނދުނު ފެށި މި ޓެލެތޯނު މިރޭ މެންދަމު 1:00 ވަންދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފަންޑު ފޮށިތައް މާލެ، ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވެއެވެ. އަދި ބޭންކު ޓްރާންސްފާ މެދުވެރިކޮށް އެހީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

  • ދިވެހި ރުފިޔާ ޓްރާންސްފާ ކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް
  • ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް

ޕީއެސްއެމް ބުނި ގޮތުގައި މި ޓެލެތޯންއަަށް މިހާތަނަށް 2 މިލިއަންއަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެގޮތުން

  • ހަވީރު 3:30އާ ހަމައަށް 1،500،953.44 ރުފިޔާ އާއި 37،502 ޑޮލަރު ވަނީ ލިބިފައި

މި ޓެލެތޯނަކީ ވީހައިވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސް އިން ވެސް މި ހަރަކާތުގައި ހަރަކާތްތެރިވާނެ އެވެ.

ދައުލަތުގެ މީޑީޔާ އިން ލަންކާ އަށް އެހީވުމަށް ޓެލެތޯނެއް ފަށާފައިވާއިރު، ދިވެހި ސަރުކާރުން ވެސް ވަނީ އެ ގައުމަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ރާއްޖެ - ލަންކާ ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ