ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްފިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވައިވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރުގެ އެހެން މަގާމަކަށް ބަދަލުވުމުގެ ގޮތުންނެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކޮށްފައިވަނީ 2024 ޑިސެމްބަރު 23 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ނަސްރީނަކީ މި ދެ އަހަރުގެ ތެރޭގައި ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ތިންވަނަ ފަރާތެވެ.

ޕީއެސްއެމްގެ އެމްޑީއަކަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަނު ކުރީ ޒީނާ ޒާހިރުއެވެ. ޒީނާގެ އިސްތިއުފާއަށް ފަހު މުހައްމަދު ސައީދު އެ ކުންފުނީގެ އެމްޑީ އަކަށް އައްޔަނު ކުރިއެވެ. ސައީދުގެ އިސްތިއުފާއަށް ފަހު އައްޔަނު ކުރީ ނަސްރީނު އެވެ.

ނަސްރީން ވަނީ ޕީއެސްއެމްގައި ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު އަދި ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވެ އެވެ.

ޕީއެސްއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ