ޖަޕާންގެ ސަފީރުކަމަށް މަހުލޫފު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިދިޔަ އެމްޑީޕީ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި މަހުލޫފު ކޮންގުރެސް ޕާޓީއާއި ގުޅިވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.

އެގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހުލޫފު އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެއަށްފަހު ރިޔާސަތުން ވަނީ އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ.

މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެވެ. މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ.

އެއަށް ފަހު ދެން އުފެދިގެން އައި ސޯލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތަށް ސަސްޕެންޝަނެއްގައި ހުންނަވަން ޖެހިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލިސް އަހުމަދު މަހުލޫފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ