މައްސަލަތައް ބެލުމުގައި ވަކި ފަނޑިޔާރަކަށްވީތީ ތަފާތެއް ނުކުރަން: ޖޭއެސްސީ

Advertisement

އެންމެ ފަސް

Advertisement

ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމުގައި ވަކި ފަނޑިޔާރަކަށްވީތީ ތަފާތު ނުކުރާކަމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރުމަށް ނޫން ކަމަށެވެ. އަދި އެ ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާ އާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންމެ މައްސަލައެއްވެސް ބެލުމަށް ނިންމަނީ އެ ޝަކުވާއަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ޖޭއެސްސީން ބުނެފައިވެޗއެވެ.

”ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް އަމަލުކުރުމަކަށް ނޫން. އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ.“ ޖޭއެސްސީ އިން ބުނެފައިވެ އެވެ.

ޖޭއެސްސީން ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް އެ ކޮމިޝަނަށް 176 ޝަކުވާ ހުށަހެޅިފައިވާއިރު އޭގެތެރެއިން ތަހުގީގު ކުރުމަށް ނިންމާފައިވަނީ 57 ޝަކުވާއެއް ކަމަށެވެ. ސުލޫކީ މައްސަަލަ ސާބިތުވެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރެއްގެ ކަމަށާއި އެއީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ 3.4 އިންސައްތަކަން ޖޭއެސްސީން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ، ވަކި ފަނޑިޔާރަކަށް، ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީިގު ކުރާ ކަމަށް ދޭހަވާ ގޮތަށް އާންމުންގެ މެދުގައި މައުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ