ރާއްޖެއިން ބޭރުގައި އުޅުނަސް ޑްރަގު ވިޔަފާރީގައި އުޅޭ އެންމެން ފަހަތުން ދިވެހި ފުލުހުން ދާނެކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފި އެވެ.
ނަވީން މިހެން ވިދާޅުވެފައިވަނީ، ’އޮޕަރޭޝަން އަލި މަގު’ގެ ނަމުގައި ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފުލުހުން ކުރިޔަށްގެންދާ އޮޕްރޭޝަންއާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގަ އެވެ.
ނަވީން ވިދާޅުވީ، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވިފައިވާތީ، މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންގެ ފަރާތުން ކުށް ކުރާ މީހުންނާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ.
މިއީ މިގޮތަށް ޑްރަގާ ދެކޮޅަށް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި، މި އޮޕަރޭޝަންގެ އަލީގައި ފުލުހުންނަށް ވެސް ގިނަ ކަންކަން ދަސްވެގެން ދާނެކަމަށް ނަވީން ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތަށް ހިންގާނެ ކަމަށް ނަވީން ވިދާޅުވި އެވެ.
ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން، 500 ފުލުހުންގެ އޮފިސަރުން ބައިވެރިވާ މި އޮޕަރޭޝަން މިއަދު ހިންގަނީ ބޮޑެތި ރަށްތަކުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ކުދި ރަށްތަކުގައި ވެސް މި އޮޕަރޭޝަން ފުޅާ ކުރާނެ ކަމަށް ނަވީން ވިދާޅުވި އެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އަދި 86 ތަނެއް ބަލާ ފާސްކޮށް ނިންމާފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް



