ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި، މެންބަރު މައުރޫފް ޑޮކްޓަރަށް ގެންދިޔައީ ބަންދުގައި ހުއްޓާ ދިމާވިކަމަކާ ގުޅިގެން ނޫންކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ، މެންބަރު މައުރޫފް ޒާކިރުގެ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް އަނިޔާވެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ މެންބަރު މައުރޫފް ޒާކިރު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް އަމިއްލައަށް އެދިވަޑައިގަތުމުން، ކަސްޓޯޑިއަލްގައި އެވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މެންބަރު މައުރޫފް ޒާކިރު މިހާރު ބަންދުން ދޫކޮށްލާފައިވާކަމަށާއި، ޑޮކްޓަރަށް ގެންދިޔައީ ބަންދުގައި ހުއްޓާ ދިމާވިކަމަކާ ގުޅިގެން ނޫންކަމަށެވެ.
”ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އެމަނިކުފާނު މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.“ ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގައާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓަމުންދާކަމަށެވެ. އެގޮތުން، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުގައި ސައްހަނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ކުށްވެރިކުރާ ކަމަށް ވިދާޅުވި އެވެ. އަދި މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައިވެ އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ ބޮޑުކަންނެލީގެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާގެ ތެރެއިންނެވެ. ހައްޔަރު ކުރުމަށްފަހު މެންބަރު މައުރޫފްގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދިވެހި ފުލުހުންގެ ޚިދުމަތް



