ދިވެހި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އެ ބޭންކުގެ އޮންލައިން ޓްރާންސެކްޝަންތަކަށް އޯޓީޕީ ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް ވަނީ އިތުރުކޮށްފަ އެވެ. މިއާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ އަންނަ ގޮތް ހެދުމަށް ޖެހޭނީ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތަށް އިހުތިޔާރު ކުރާ ގޮތަށް ބަދަލު ކުރާށެވެ. މިފަދައިން އިހުތިޔާރުކުރާ ގޮތަށް ބަދަލު ކުރާއިރު ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލެއް ބޭނުންކުރަން ޖެހޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުން ކުރެވޭ ގޮތް ހެދުމަކީ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތްތައް ރައްކާތެރިކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމެއް ކަމަށެވެ.
ޑިޖިޓަލް ބޭންކިން ގެ ބޭނުންތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ކަސްޓަމަރުންނަށް އީޖާދީ ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް. އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް.
ބީއެމްއެލްގެ އޯޓީޕީ ޗެނަލްގެ ގޮތުގައި ހިމެނެނީ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓާގެ އިތުރުން މިހާރު ވަޓްސްއެޕް އެވެ.
ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް
