ރައީސް މަސްޖިދުއްދަޢުވާގެ ބިންގާ އަޅުއްވައިދެއްވައިފި، އެއްފަހަރާ 1250 މީހުންނަށް ނަމާދުކުރެވޭނެ

Advertisement

އެންމެ ފަސް

Advertisement

މާލޭގައި އަޅަން ހަމަޖެހިފައިވާ މަސްޖިދުއްދަޢުވާގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގަ އެވެ. މި މިސްކިތަކީ 4 ބުރިއަށް އަޅާ، 8،973.33 އަކަފޫޓު ބޮޑުމިނުގެ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 1250 މީހުންނަށް ނަމާދުކުރެވޭނެ އެވެ.

މަސްޖިދުއްދަޢްވާގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

މަސްޖިދުއްދަޢުވާގައި ނަމާދުކުރާ ސަރަޙައްދުތަކުގެ އިތުރުން މުހިންމު ތަޢުލީމީ އަދި އިދާރީ ވަސީލަތްތައް ހިމެނެ އެވެ. އެގޮތުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާ، އަދި އެޑްމިން އޮފީހެއްވެސް މި މިސްކިތުގައި ޤާއިމްކުރެވޭނެ އެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާ އެކުގަ އެވެ.

މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހުންނާނެ އެވެ. މެޒެނީން ބުރި ވަނީ އަންހެނުން ނަމާދު ކުރާ ބަޔަށް ޚާއްޞަކުރެވި ފައެވެ. އެއްވަނަ ބުރީގައި ނަމާދު ކުރާ ބައިގެ އިތުރުން އިޢުތިކާފް ސަރަޙައްދުވެސް ހިމެނެ އެވެ. ދެވަނަ ބުރީގައި ކޮންފަރެންސް ހޯލާއި، ޒަމާނީ ކްލާސްރޫމްތަކާއި ލައިބްރަރީ އަދި އެޑްމިން އޮފީސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްވެސް ނަމާދު ކުރާ ގޮތަށް ވަނީ ފަރުމާކުރެވިފަ އެވެ.

މަސްޖިދުއްދަޢްވާގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

މި ޕްރޮޖެކްޓަށް ފަންޑުކުރައްވާފައިވަނީ މުޙަންމަދު ޢާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ އެވެ. މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ