މިދިޔަ އޮކްޓޯބަރު ގެއްލިގެން ރިޕޯޓްކުރި 110 ސައިކަލެއް ފުލުހުން ހޯދައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ.
އެ ހިސާބުތަކުން ދައްކާގޮތުން މިިދިޔަ މަހު ފުލުހުން ވަނީ، ގެއްލިގެން، ހޯދައި ރިކަވާކުރި މުދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާއަށް އަގުއަަރައި މިންވަރަށް މުދާ ހޯދައިފައެވެ.
ހޯދި މުދަލުގެ ތެރޭގައި:
- 4،885،300 ރުފިޔާއަށް އަގު އަރާ، ޖުމްލަ 110 ސައިކަލު
- 302،830 ރުފިޔާއަށް އަގު އަރާ، ޖުމްލަ 31 ފޯނު
- 62،565 ރުފިޔާއަށް އަގު އަރާ، ޖުމްލަ 12 އިލެކްޓްރޯނިކް އާލާތް
- 32 ފައިސާ ވަގަށް ނެގުމުގެ މައްސަލައަކުން ، ޖުމްލަ 324،344 ރުފިޔާ
- އެހެނިހެން 65 މައްސަލައަކުން ޖުމްލަ 164،866 ރުފިޔާގެ މުދާ
މީގެ އިތުރުން އެކި މައްސަލަތަކުގައި މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ދެ ބިދޭސީއަކު އިމިގްރޭޝަނަށް ވެސް ހަވާލުކޮށްފައިވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 520 އުޅަނދު ހުޅުމާލެއިން ޓޯކޮށްފައިވާއިރު އޭގެ ކުރީ ސެޕްޓެމްބަރު މަހުގައި ހުޅުމާލެއިން ޓޯކޮށްފައިވަނީ ޖުމްލަ 702 އުޅަނދެވެ.
ތަފާތު އެކި ސަބަބުތަކާ ގުޅިގެން ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ:
- ގަވާއިދާ ހިލާފަށް ޕާކްކޮށްގެން: 247
- ލައިސަންސް ނެތި ދުއްވުން: 108
- ނުރައްކާތެރިކޮށް ދުއްވައިގެން: 21
- ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވައިގެން: 18
- އެކި މައްސަލަތަކާ ގުޅިގެން: 16
- އަސްލަށް ބަދަލު ގެނެސްގެން ދުއްވުން: 10
- ދޫކޮށްލައިގެން ހުރުމުން: 5
މިދިޔަ މަހު މާލޭ ފްރަންޓްލައިން ޕޮލިސިންގެ ތެރެއިން ފުޓް ޕެޓްރޯލްކުރުމަށް 1139 ގަޑިއިރާއި އަށް މިނެޓު ހޭދަކޮށްފައިވެއެވެ. އަދި 26،262 ތަނެއް ބަލައިފާސްކުރިއެވެ. އަދި 75 ވެހިކަލް ޗެކްޕޮއިންޓު ގާއިމްކޮށް ވެހިކަލް ބަލައި ފާސްކުރިއެެވެ. އަދި 16 ވިޒިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓު ޕޮއިންޓް މިދިޔަ މަހު ގާއިމްކުރިއެވެ.
