އައްޑޫ ހުޅުދޫ، މީދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ހުޅުދޫ އަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫޫސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތިރުފުޅުގެ ތެރެއިން ހުޅުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އައްޑޫ ހުޅުދޫ އަދި މީދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ.

ރަށްރަށުގެ މަގުތަށް ތަރައްގީ ކުރާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިސްކަން ދޭނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްގީ ކުރުމަށް ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ދަތުރުފުޅުގެ ބައެކެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު އައްޑޫ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ