12 ޖެހިއިރު ވޯޓުލާން ނިކުތީ %17 މީހުން، ތަރުހީބު ދަށް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި 12 ޖެހުމާއި ހަމައަށް ވޯޓުލުމަށް ނިކުތީ %17 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލުހޯދުމަށް ނަގާ ވޯޓުގައި، ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 12 ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ 1661 މީހުން ކަމަށެވެ. އެއީ 789 އަންހެނުންނާއި 872 ފިރިހެނުންނެވެ. މިއީ ވޯޓުލެވޭ އާބާދީގެ %17.35 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާގޮތުގައި، މި އާންމު ވޯޓުގައި ފޭދޫގެ 4،355 މީހުންނަށާއި، މީދޫގެ 2،347 މީހުންނަށާއި، އަދި ހުޅުދޫގެ 2،874 މީހަކަށް، ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ.

މި އާންމު ވޯޓުގައި ޖުމުލަ 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓާފައިވަނީ، ކަލާފާނު ސްކޫލްގަ އެވެ.

އައްޑޫ ސިޓީ އިލެކްޝަންސް ކޮމިޝަން (އީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ