ގޮއިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުތެރޭ ފަށާނަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ށ. ގޮއިދޫގައި ގާއިމް ކުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްޔަތް މި އަހަރުތެރޭ އަމަލީ ގޮތުން ފަށާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ގޮއިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިހާރު އޮތީ ބަޔަކާއި ހަވާލު ކުރާ ހިސާބުގައި ކަމަށެވެ. ސިއްހީ މަރުކަޒުގެ އާ އިމާރާތަކީ ދެ ބުރީގެ އިމާރާތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

”ދިހަ އެނދު ހިމެނޭ ދެ ބުރީގެ އިމާރާތެއް މީ، ޕްރައިވެޓް ރޫމްތައް، ޓްރައިއޭޖް، ކޮންސަލްޓޭޝަން ރޫމް، މިހުރިހާ އެއްޗެއް ހިމެނޭ ގޮތަށް ޖުމްލަ ވިހި އެނދު ހިމެނޭ، ހެލްތު ސެންޓަރުގެ އާ އިމާރާތެއް މީ“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ ބަޔަކާއި ހަވާލު ކުރެވި މި އަހަރުގެތެރޭ އަމަލީ ގޮތުން މަސައްކަތް ފެށޭނެ ކަމަށެވެ.

މީގެއިތުރުން ގޮއިދޫ ސުކޫލުގައި ކުރިއަށް ގެންދާ 8 ކުލާސްރޫމުގެ މަސައްކަތަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތަކީ ނުނިމި ދިގުލައިފައިވާ މަޝްރޫއެއްކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކުރިއަށް ނުދިޔުމުން އެއްބަސްވުން ބާތިލުކުރުމަށްފަހު ފެނަކަ އާ ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ހަފްތާއެއްގެ ތެރޭ މި މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންދެވޭނެ ކަމަށް ފެނަކައިން ބުނެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ތަކެތި އެ ރަށަށް ފެނަކަ އިން ޑެލިވާ ކުރާނެ ކަން ޔަގީންވެ ލައްވާ ކަމަށެވެ.

”އިރާދަކުރެއްވިޔާ އާ ދިރާސީ އަހަރަށް މި އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިތަން ނިންމާ ހަވާލުކޮށްދޭނަން. އެހެންވީމާ އެކަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން.“ ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް ގޮއިދޫގައި ކުރިއަށްގެންގޮސްދެއްވާނެ ކަމަށާއި އަދި ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ށ. ގޮއިދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ