ގަވައިދުން ބިދޭސީންގެ ފީތައް ދައްކާ ފަރާތްތަކަށް، ފީތަކާއި ޖޫރިމަނާ ދައްކަން ދިން މުއްދަތު އިތުރުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ގަވައިދުން ބިދޭސީންގެ ފީތައް ދައްކާ ފަރާތްތަކަށް، ފީތަކާއި ޖޫރިމަނާ ދައްކަން ދިން މުއްދަތު އިތުރުކުރަން ހޯމްލޭންޑް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ބިދޭސީންގެ ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ ހޯމްލޭންޑް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން، 2025 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވަނީ، އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބެމުންދާނެ ކަމަށެވެ.

ނަމަވެސް އެއްބަސްވުމާއެއްގޮތަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ފަރާތްތަކަށަ އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށްވެސް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

”ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންނުދާނެ ކަމުގައި ދަންނަވަމެވެ.“ ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

ބިދޭސީންގެ ފީ ނުދައްކައިގެން 100،000 ރުފިޔާއަށް ވުރެ މަދުން ޖޫރިމަނާ ދައްކަން ޖެހޭ ފަރާތްތަކަށް މުއްދަތެއް ދިނީ 16 ސެޕްޓެމްބަރު 2024 އަށެވެ. ނަމަވެސް އެ މުއްދަތުވެސް އިތުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއް ވަނަ ދުވަހުގައެވެ. މިއީ މި މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ