ރޭގެ މުޒާހަރާގެ ކަންކަން އަންނަނީ ރިވިއު ކުރަމުން: އެޗްއާރުސީއެމް

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ކަންކަން ރިވިއު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމްއިން މިއަދު ބުނީ، ރޭގެ މުޒާހަރާއާ ގުޅިގެން ހިނގާ ދިޔަ ކަންތައްތައް އެ ކޮމިޝަނުން ރިވިއު ކުރަމުންދާ ކަމަށާއި ރޭގެ މުޒާހަރާ ވަރަށް ގާތުން މޮނިޓާ ކޮށްފައިވާ ކަމަށެވެ.

ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރީ މަޖިލީދީމަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ފުލުހުން ވަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ، އެއްބަސްވެފައިވާ މަގުތަކުން ކުރިއަށްދިއުމަށް ތަކުރާރުކޮށް އެދިފަ އެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާމެދު ބައެއް ކުރިމަތިލުން ރޭ ހިނގާފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ ބެރިކޭޑް ބޭނުންކޮށް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ފެންފުޅިފަދަ ތަކެތި އުކާ، ފުލުހުންގެ ޝީލްޑްފަދަ ބައެއް އާލާތްތައް ގަދަކަމުން އަތުލާފައިވެ އެވެ.

މި މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު 6 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެމްޑީޕީ އެޗްއާރްސީއެމް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ