އެޗްޑީސީގެ 200 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ތަހުގީގަށް ހުށަހަޅައިފި

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ވެރިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2019 އިން 2023 އާ ދެމެދު އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި ހިޔާނާތުގެ ތެރޭގައި ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި، ކުންފުނީގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން، ކުންފުނީގެ އިޖުރާއަތްތަކާއި އުސޫލުތަކާ ހިލާފަށް ބިން ވިއްކާފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިކަން އެޗްޑީސީން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި މައްސަލަ ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެޗްޑީސީގެ އިތުރުން ފެނަކައާއި ވެމްކޯއިން މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކޮރަޕްޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ