އޮޑިޓަރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން ކޮރަޕްޝަން ހުއްޓުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، އަދި ރައްޔިތުންނަށް މަންފާކުރަނިވި ތަންތަނަށް ވެގެންދާނެކަމަށެވެ.
ދިވެހިރާއްޖޭގައި އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އިންޓަރނަލް އޮޑިޓަރުންގެ އޮނިގަނޑު އެކުލަވާލެވިފައިވާކަން ފާހަގަކުރައްވަމުން، ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި އެވެ.
”ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓާރނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން“ މި ޝިއާރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ބަދަލުވަމުން އަންނަ ދުނިޔޭގައި އާ އީޖާދުތަކާއެކު އޮޑިޓްކުރުމުގައި ކުރިމަތިވާ އާ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ”އިންޓަރނަލް އޮޑިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން“ އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ”ރިސްކް މެނެޖްމަންޓް ފްރޭމްވަރކް“ ނައިބު ރައީސް ތަޢާރަފުކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ކޮރަޕްޝަން