ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް އިތުރުވާތީ ހާއްސަ އޮޕަރޭޝަނެއް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް އަންނަނީ އިތުރުވަމުން އަންނަ ކަމަށާއި މިފަދަ ހާދިސާތައް އިތުރުވަނީ ލައިސެންސްނެތި ކަނޑު އުޅަނދުތައް އޮޕަރޭޓްކޮށް ކަނޑުމަތީގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމެއް ނެތި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ކަމަށެވެ.

ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ގިނަވާ މައްސަލައަށް ހައްލެއް ހޯދުމަށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށް ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް މި އޮކްޓޫމަރު މަސްތެރޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މި އޮޕަރޭޝަން ފަށާ ތާރީހާއި އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހިއްސާކޮށްފައިނުވެ އެވެ.

ކަނޑުމަތީގެ ހާދިސާ ކޯސްޓް ގާޑް އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ