ޔުއާން އަދި ޔޫރޯ ޓީޓީތަކަށް ދިވެހި ރުފިޔާއިން 50 އިންސައްތަ ދެއްކޭނެ: ބީއެމްއެލް

Advertisement

އެންމެ ފަސް

Advertisement

ޗައިނީޒް ޔުއާން އަދި ޔޫރޯއިން ހަދާ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކަށް 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ ޔުއާންއިން ހަދާ ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ދެއްކުމަށްފަހު، ބާކީ އޮންނަ އަދަދު ދައްކަންޖެހޭނީ ޔުއާންއިން ކަމަށެވެ. ހަމައެހެންމެ، ޔޫރޯއިން ހަދާ ޓީޓީތަކުގެ 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށްފަހު އަނެއް ބައި ދައްކަންޖެހޭނީ ޔޫރޯއިންނެވެ.

މި އާ ޚިދުމަތާއެކު، ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ އެވެ. ޚާއްސަކޮށް ޗައިނާއާއި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާއެކު ވިޔަފާރިކުރާ ފަރާތްތަކަށް މުޢާމަލާތްތައް ފަސޭހަވެގެންދާނެއެވެ.

ބީއެމްއެލްއިން ދާދި ފަހުން ވަނީ ރާއްޖޭގައި މުޅިން އަލަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފަ އެވެ. އަދި އިންޓަރނޭޝަނަލް ޓްރާންސްފަރ ޚިދުމަތް، ލެޓަރ އޮފް ކްރެޑިޓް، ވީޗެޓް ޕޭ އަދި ވީޗެޓް ވޮލެޓް ހިދުމަތްވެސް ބީއެމްއެލްއިން ވަނީ ތައާރަފްކޮށްފަ އެވެ. މި ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ޗައިނާއާއެކު ކުރާ މާލީ މުޢާމަލާތްތައް ފަސޭހަވެގެންދާނެ އެވެ.

މީގެއިތުރުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ދޫކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ބުނެ އެވެ. މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭނެ ގްލޯބަލް ޕޭމަންޓް ނެޓްވަރކް ކާޑެކެވެ.

ރާއްޖެ - ޗައިނާ ބީއެމްއެލް ޗައިނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ