ދިޔަމިގިލީ މަޑިފުށީ އުފުރިޔާ ކޯޒްވޭ ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

Advertisement

އެންމެ ފަސް

Advertisement

ތ. ދިޔަމިގިލީ މަޑިފުށީ އުފުރިޔާ ކޯޒްވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ .

މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 262.98 މިލިއަން ރުފިޔާއަށް 1151 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން 1.30 ކިލޯ މީޓަރުގެ ކޯޒްވޭއެއް ހެދިގެންދާނެ އެވެ. އަދި 218،788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 589 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމެންޓް ޖެހުމާއި، ކަލްވާރު ސެގްމެންޓްސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެ އެވެ.

އެމްޓީސީސީން ބުނެފައިވަނީ މި ކޯޒްވޭ ހެދިގެންދިއުމަކީ ދެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. މި ކޯޒްވޭ ހެދިގެން ދިއުމާއެކު، ދެ ރަށަށްވެސް އިގްތިސޯދީ ގޮތުންނާއި އުމްރާނީގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، ރިޓަޔަރޑް އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ތ. މަޑިފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ