މޫސަ މަރާލި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ދައުވާކުރުމަށް މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މޫސާ އިބްރާހިމްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ. މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ބަލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29 އަހަރުގެ) ގެ މައްޗަށެވެ. މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރު އެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ. މި މައްސަލައިގައި މުސާ އިބްރާހިމްގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވެ އެވެ.

މާވަށު ވޮލީ ކޯޓް ސަރަހައްދުގައި ހުއްޓާ މޫސާ އިބްރާހިމަށް ހަމަލާދީފައިވަނީ ވަޅިއަކުން ކަރަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ހާދިސާ ހިނގީ އެ ދެމީހުންގެ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލައެއްގައިކަމަށްވެ އެވެ.

މޫސަ މަރާލި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ