ވިލުފުށީ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ތ. ވިލުފުށީ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު ވަނީ ވިލުފުށީގެ ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވާފަ އެވެ.  އެގޮތުން މިއަދު ވަނީ ވިލުފުށީ އެއާޕޯޓް އަދި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފައްޓަވާފަ އެވެ.

ވިލުފުށީ އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މިއަދު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި އެކުގަ އެވެ. އަދި މި އެއާޕޯޓުގައި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ތަރައްގީކުރެވޭނެ އެވެ. ވިލުފުށީ އެއާޕޯޓްގެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަދު ވަނީ ފަށާފަ އެވެ.

ވިލުފުށީ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ. އެހެންކަމުން ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.

ވިލުފުށީގައި ގާއިމް ކުރާ 30 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއު އަމަލީ މަސައްކަތްވެސް މިއަދުވަނީ ފަށާފަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އަރިހުގައި އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ، ވިލުފުށީ ދާއިރާގެ މެންބަރާއި އެ ރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލުފުށީގައި ގާއިމްކުރާ ބީއެމްއެލްގެ ވިލުފުށީ ބްރާންޗްގެ ބިންގާ ވެސް މިއަދުވަނީ އަޅާފަ އެވެ. މީގެ އިތުރުން އެ ރަށުގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ގެ ހިދުމަތް އިފްތިތާހު ކޮށްފައެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ