ތ. ކަނޑޫދޫ މަގުތައް ހެދުމާއި ބަނދަރު މަސައްކަތް ހަވާލުކޮށްފި އެވެ.
މި މަސައްކަތްތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ކަނޑޫދޫއަށް މިއަދު ވަޑައިގަތުމުން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.
ކަނޑޫދޫ ބަދަރުގައި ވަކި ޖެޓީއެއް ޤާއިމްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 7.4 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ބޭރުތޮށްޓާއި އިންވެގެން 150 މީޓަރު ދިގުމިނުގެ އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ކަނޑޫދޫ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ އެވެ. ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 92.2 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ވ. މ. އަދި ފ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފަ އެވެ. ރައީސް މިހާރު އުޅުއްވަނީ ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ތ. ކަނޑޫދޫ