ނޫސްވެރިންގެ އިހުތިޖާޖުގައި ކަންތައް ހިނގައިދިޔަ ގޮތް އަންނަނީ ތަހުގީގު ކުރަމުން: އެޗްއާރްސީއެމް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލިސް ދޮށުގައި ނޫސްވެރިން ކުރި އިހުތިޖާޖުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މީޑިޔާތަކަށް ކުރި މެސެޖުގައި ބުނީ މިދިޔަ އަންގާރަ ދުވަހު މަޖިލީސް ދޮށުގައި ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ކަންތައް ހިނގައިދިޔަގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތާއި އިހުތިޖާޖުގެ ތަރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިހްތިޖާޖު ކުރިއަށް ދިޔައިރު އެ ކޮމިޝަނުގެ މުވައްޒަފުން ގާތުން މޮނިޓާ ކުރިކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. އަދި އެ ކޮމިޝަނުގެ އެންޓި-ޓޯޗަރ ސެކްޝަންއިން އިހުތިޖާޖާއި ގުޅޭ ކޭސްތައް ބަލަމުންދާކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ތަހުގީގީ މަސައްކަތްތައް ނިމުމުން ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިން އިހުތިޖާޖު ކުރީ މީޑިޔާ ރެގިއުލޭޓް ކުރުމަށް ހުށަހެޅި ބިލާ ގުޅިގެންނެވެ. މި އިހުތިޖާޖުގައި ނޫސްވެރިންނާއި މުޒާހަރާއި ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް ބުނެ ފޮޓޯތަކަކާއި ވީޑިއޯތަކެއް މީސްމީޑިޔާގައި ދައުރުވި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަނަކަށް އެއްވާނަމަ ފުލުހުންގެ ހުއްދައެއް ލިޔުމުން ހޯދަންޖެހޭނެ ކަމަށެވެ. ނޫސްވެރިންގެ މުޒާހަރައަށް ހުރަސްއެޅީ އެފަދަ ހުއްދައެއް ހޯދާފައިނުވާތީއާއި މަޖިލީސް ކުރާ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދަކަށްވުމުން ކަމަށެވެ. އަދި އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ކަމަށާއި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަދަ ތަކެތި ބޭނުންކޮށްފައިނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫސްވެރިކަން އެޗްއާރްސީއެމް މީޑިއާ ބިލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ