މީޑިއާ ރެގިއުލޭޓް ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފި އެވެ.

މި ބިލަކީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ. މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅި ބިލެކެވެ.

މަޖިލީހަށް މި ބިލު ހުށަހެޅި އިރު ބިލުގައި އެކި ފަރާތްތަކުން ހިތްހަމަ ނުޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކޮމިޓީ މަރުހަލާގައި އެ ފަރާތްތަކާ މަޝްވަރާކޮށް ބިލު ވަނީ ވަރަށް ބޮޑަށް އިސްލާހުކޮށްފަ އެވެ. ނަމަވެސް ފަހުން ގެނައި އިސްލާހުތަކަށްވެސް ބައެއް ނޫސްވެރިންނާއި އިދިކޮޅު ބައެއް ޕާޓީތަކުން ނުރުހުން ފާޅުކޮށްފައިވެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކުރުމާ ދެކޮޅަށް އެއް މެންބަރެއް ވޯޓުދެއްވި އެވެ.

މީޑިއާތަކުގެ ކަންބޮޑުވުމަށްފަހު ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރު އުނިކޮށް ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބަދަލުކުރުން ހިމެނެ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރީގެ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު އުވި، މޯލްޑިވްސް މީޑިއާ ކައުންސިލު ވަނީ އުވިފަ އެވެ. އަދި މިހާރުގެ ބްރޯޑްކާސްޓިންގ ކޮމިޝަން ވަނީ އާ ކޮމިޝަނަށް ބަދަލުވެފަ އެވެ.

އާ ޤާނޫނުގެ ދަށުން އުފެދޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވައިލައި، ދާއިމީ މެންބަރުން އައްޔަންކުރެވެންދެން، ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ