ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމުގައި އަންހެން ފުލުހުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ވިމަން އިން ޕޮލިސިން ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައި ނަވީން ވިދާޅުވީ، މި ދުވަހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރާ ދުވަހެއް ކަމަށެވެ. އަދި މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި އަންހެން ފުލުހުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން މުހިންމު ދައުރެއް އަދާކުރާ ކަމަށް ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން، ”ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް“ އަންހެން ފުލުހުންގެ ހަރަކާތްތެރިކަން ފެންނަން ހުންނަކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އެ ކަނބަލުން އަދާކުރާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއްކަމަށް ނަވީން ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެން އޮފިސަރުންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އެ ކަނބަލުން ބާރުވެރިކުރުވުމަށާއި، ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި ކުރިއެރުވުމަށް އަޒުމު އާކުރައްވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ އެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަންވެސް ފާހަގަކުރެއްވިއެވެ.
ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑުކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް