މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފި އެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރު ޝަފީޢު ވިދާޅުވެފައިވަނީ ”ކުޑަކުދިންގެ ހައްޤުތައް ކިޔައިދީ، އެކުދިންނާމެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔައިދިނުމަކީ މުހިންމު ކަމެއް“ ކަމަށެވެ. އަދި މިނިސްޓަރު ވަނީ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތުތައް ނުގެއްލޭނެ ގޮތަކަށް ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެސެމްބްލީ އަދި އިތުރު ހަރަކާތްތައް ގެންދިއުމަށް ޕްރިންސިޕަލުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަތޮޅުތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ މިނިސްޓަރު ބައްދަލުކުރެއްވީ އޮންލައިންކޮށެވެ. މިކަމާ ގުޅޭ އިތުރު އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީން ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާވެސް ބައްދަލުކޮށް މަޝްވަރާކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު ޝަފީޢު ވަނީ ވީހާވެސް ޚަރަދުކުޑަކޮށް މި ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްކޫލުތަކަށް އިރުޝާދު ދެއްވާފަ އެވެ. އަދި މުދައްރިސުންނާއި ބެލެނިވެރިންނަށް ބުރަނުވާނެ ފަދައިން ކަންކަން ރޭވުމަށްވެސް އަންގަވާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީ އޮފް އެޑިޔުކޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ