މުޒާހަރާކުރުމުގެ ގޮތުން ދޮންފަނު ފަރު ސަރަހައްދުގަ ފީނުން ކައުންސިލުން މަނާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެރަށު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާކުރަން ނިންމައި، ދޮންފަނު ކައުންސިލުން އެ ރަށު ފަރު ސަރަހައްދުގައި ފީނުން މަނާކޮށްފިއެވެ.

ކައުންސިލުން މަނާކޮށްފައިވަނީ މުޒާހަރާކުރާ ވަގުތުތަކުގައި ދޮންފަނު ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދުގައި ފީނުމެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް އެގްރީމެންޓުގައި ސޮއިކުރެއްވި ނަމަވެސް، ރައްޔިތުން މިހާރު އެކަން ބޭނުން ނުވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ”އެހެންކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ“ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް، ދޮންފަނު ކައުންސިލްގެ މެންބަރު އާއިޝަތު ރާޝިދާ ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ބަސްފުޅަކީ ”ކަނޑައެޅިގެން އިތުރުފުޅެއް“ ކަމަށެވެ. އަދި ދޮންފަނު ރައްޔިތުން ބޭނުންވަނީ ބިން ހިއްކަން ކަމަށެވެ.

ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގައި ސޮއިކުރެއްވީ އޮގަސްޓު 13 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް ރައީސްގެ ނިންމެވުމާއެކު ދެން އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދޮންފަނުގެ ބިން ހިއްކުމުގެ ބައި ނުހިމަނަ އެވެ.

ބ. ދޮންފަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ