ވޭޕް ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލަތަކުގައި އޮގަސްޓް މަހު 30 މީހަކު ޖޫރިމަނާކޮށް، ޖުމްލަ 150،000 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަމަހު ވޭޕާ ގުޅުންހުރި 11 މައްސަލައެއް ރިޕޯޓުކުރެވިފައިވެ އެވެ. މި މައްސަލަތަކުގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕް ގެންގުޅުމުގެ 4 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައާއި، ވޭޕާ ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެ އެވެ.
މި މައްސަލަތަކުގައި އެކި މީހުން ޖުމުލަ 150،000 ރުފިޔާއިން ޖުރިމަނާކޮށްފައިވާއިރު އޭގެތެރޭގައި، ވޭޕް ގެންގުޅުނު 16 މައްސަލައެއްގައި 65،000 ރުފިޔާއިން ޖުރިމަނާކުރިއިރު، ވޭޕް ބޭނުންކުރި 14 މައްސަލައެއްގައި 85،000 ރުފިޔާއިން ޖުރިމަނާކޮށްފައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް، ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އެކަކު އަނެކަކަށް ދޭ މީހުންނާ މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެއެވެ.
ގާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރުމަނާއެއް ދައްކަން ޖެހޭނެ އެވެ. އެގޮތުން ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެއިތުރުން ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤާނޫނުގައިބުނެފައިވެ އެވެ. އަދި ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން