ސިވިލް އޭވިއޭޝަން ލައިންސެންސް އޮންނަ މުވައްޒިފުންގެ ޑްރަގް ޓެސްޓު ހަދަނީ

Advertisement

އެންމެ ފަސް

Advertisement

ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ޑްރަގް އަދި އަލްކަހޯލް ޓެސްޓު ހެދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ސީއޭއޭގެ ލައިސަންސް އޮންނަ އެންމެހާ މުވައްޒަފުންގެ ރެންޑަމް ޑްރަގް އަދި އަލްކަހޯލް ޓެސްޓު ހެދުމުގައި އެންޑީއޭއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޓެސްޓުތައް ކުރިއަށް ގެންދާނީ މި އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ރޭމްޕް އިންސްޕެކްޝަންގެ ތެރެއިންނެވެ.

”މި ގަވާއިދުގެ ތެރެއިން މި ޓެސްޓުތައް ހަދައި، އެ ގަވާއިދު ތަންފީޒުކުރުމަށް އެންޑީއޭ އިން ފުރިހަމަ އެއްބާރުލުން ދޭނެ“ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

ސީއޭއޭގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ތެރޭގައި ޕައިލެޓުން، އެއާކްރާފްޓް މެއިންޓެނެންސް އިންޖިނޭރުން، އެއާ ޓްރެފިކް ކޮންޓްރޯލަރުން އަދި ކެބިން ކްރޫއިން ހިމެނެއެވެ. މި އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ބުނެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ