ކުޅުދުއްފުށީ އެއާޕޯޓުގެ އާ ޓާމިނަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލްގެ އާ އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށް ހިދުމަތްތައް ފުޅާ ކުރުމަށް އަޅާ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އާ ޓާމިނަލް އިމާރާތް އެޅުމުގެ މަޝްރޫޢަކީ ކުޅުދުއްފުށީ ސިޓީގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް، ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެ އެވެ. މި އާ އިމާރާތާއެކު، ކުޅުދުއްފުށީ ސިޓީގެ އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، އިތުރު ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ އެވެ.

ކުޅުދުއްފުށީ ސިޓީއަކީ ރާއްޖޭގެ އުތުރުގެ އެންމެ މުހިންމު އެއް އިޤްތިޞާދީ މަރުކަޒު ކަމަށްވެފައި، މި އާ ޓަރމިނަލް އިމާރާތުގެ ސަބަބުން އުތުރުގެ ވައިގެ ދަތުރުފަތުރުގެ ވިއުގައަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށި އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ