ފަހިދިރިއުޅުން ފްލެޓްތައް ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ގާއިމްކޮށްފައިވާ 4000 ފްލެޓް ސަރަހައްދުގައި ފުރަތަމަ ބަސް ސްޓޮޕް ޤާއިމްކޮށްފިއެވެ. މިއީ އެ ސަރަހައްދުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފަސް ބަސް ސްޓޮޕްގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި، ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު ޤާއިމްކުރުމަށްޓަކައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަ ގެންދެއެވެ.

އެޗްޑީސީން ބުނި ގޮތުގައި، ”އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ އެންމެ އިސްކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.“

އަންނަ މަހު އެ ފްލެޓްތަކުގައި މީހުން އާބާދުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަން ފާހަގަކުރެވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ