މަސްތުވާތަކެތީގެ މައްސަލައެއްގައި ފ.ނިލަންދޫ އިން 10 މީހުން ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫ އިން 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މި 10 މީހުން ހައްޔަރުކޮށްފައިވަނީ ނިލަންދޫގައި ކުރިއަށްގެންދިޔަ ދެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި ދެ އޮޕަރޭޝަން ވެސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. އެގޮތުން މި އޮޕަރޭޝަނުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ. މި މައްސަލައިގައި ހައްޔަރު ކުރި ނުވަ މީހުންނަކީ އެ ވަގުތު އެގޭގައި ތިބި ނުވަ މީހުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ / ދޫގަސް، މުހައްމަދު ވިސާލު (19އ)، ލ.ގަން، ތުނޑި / ހެދޭކުރި، މުޝްހަފް މުފީދު (22އ)، ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫތް (20އ)، ތ. ގުރައިދޫ / ފަޒާ، އަލީ ނަވާފު (21އ)، ސ. ހިތަދޫ / ގާފިލާ، އަހްމަދު އަބާން އަލީ (20އ)، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، އަބްދުﷲ ލައިޝަމް (20އ)، ސ. މީދޫ /ޝީން / އަހްމަދު އުޘްމާން (20އ) އަދި މާލެ / ދރ 1438، އިބްރާހީމް ނައްފާޒް (26އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން އެތަނުން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ވިސާލު 15 ދުވަހަށް ބަންދުކުރުމަށް އަދި ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނިލަންދޫގައި 16 ވަނަ ދުވަހު ފުލުހުން ދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ފ. ނިލަންދޫ / ޝަބްނަމުގެ، މުހައްމަދު މާނިއު (19އ) އެވެ. އޭނާ ހައްޔަރުކުރީ އެރަށު ބަނދަރު މަތިންކަމަށާއި އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. އޭނާގެ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މި ދެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

މަސްތުވާތަކެތި ފ. ނިލަންދޫ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ