ގައިގަ ބަނދެގެން ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅުނު ވާހަކައަކީ ދޮގެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެެއްޖެ އެވެ.
މިނިސްޓަރ ޝަހީމްގެ ދަރުކަލުން މާހިލް ޝަހީމް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓިކަމަށް ބުނެ، ބައެއް އޮންލައިން ނޫސްތަކުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ހަބަރުގައިވާގޮތުން މާހިލް އަކީ މެލޭޝިޔާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފަރާަތެކެވެ.
އެ ހަބަރުގައި އިތުރަށްވާގޮތުން ވޭޕް ފެނިފައިވަނީ މާހިލް، މެލޭޝިޔާއިން ރާއްޖެއައިރު، އޭނާގެ ލަގެޖުންނާއި ހަށިގަނޑުންނެވެ. އަދި ގިނަ އަދަަދެއްގެ ވޭޕް ސާމާނު ހުރީ މާހިލްގެ ހަށިގަނޑުގައި ބަނދެފައިކަމަށް ހަބަރުގައިވެ އެވެ.
ހަބަރުގައި ހިމެނޭ ހުރިހާ ވާހަކަތައް ދޮގުނުކޮށް، ބައެއް މައުލޫމާތުތައް ހަޤީޤަތާއި ހިލާފުކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި މިނިސްޓަރ ވިދާޅުވީ މާހިލްގެ ހަށިގަނޑުގައި ބަނދެގެން ރާއްޖެއަށް ވޭޕް އެތެރެކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި މާހިލްއަކީ މޭލިޝިޔާގެ އެމްބަސީގެ ވަޒީފާއެއްގައި ހުރި ފަރާތެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ހަބަރުގަައި ހިމެނޭ ހަޤީޤަތާއި ހިލާފު ވާހަކަތައް ރަނގަޅުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖެއަށް ވޭޕްއާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމަކީ ކުށެކެވެ. އަދި އެއީ ބޮޑު ޖޫރިމަނާއެއްދައްކަންޖެހޭ ކުށެކެވެ. އަދި ޖިނާއީ ދައުވާވެސް އުފުލޭނެ ފަދަ ކުށެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން