ވަގަކު އިޚްލާސްތެރި ނުވާނެ، ހުރިހާ ރައީސުން އެކަން ދަންނަންޖެހޭ: ޣަފޫރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ވަގަކު އިހުލާސްތެރި ނުވާނެކަން ހުރިހާ ރައީސުންވެސް ދަންނަންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، އެމްޕީއެލްގެ ވައްކަމުގެ މައްސަލައަކީ އާ މައްސަލައެއް ނޫން ކަމަށާއި، އެމްޕީއެލްގެ ތެލުގެ ވައްކަމަކީ އަބަދުވެސް ފާހަގަކުރެވޭ ކަމެއް ކަމަށެވެ.

މި ވައްކަންތައް ހުރިހާ ސަރުކާރެއްގައިވެސް ހިންގާފައިވާކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ، މިކަންކަމަކީ ފެންނަންހުރި ކަމެއް ކަމަށެވެ. އަދި ވައްކަން ކުރި ބައެއް މީހުން އަދިވެސް ވަޒީފާގައި ތިބި ކަމަށާއި ވަގުން އެއްކިބާކޮށް ހައްޔަރުކުރުމުގައި ސަރުކާރުގައި ހިތްވަރު ހުންނަންވާނެ ކަމަށް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީން މިހާރު ހުޅުވައިގެން އުޅެނީ ”ވައްކަމުގެ ފައިލް“އެއްކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ މިކަމުން ސަލާމަތްވާނެ އެއްބަޔަކުވެސް ނެތް ކަމަށެވެ. އެގޮތުން ސިފްކޯ، ޕޮލްކޯ ފަދަ ކުންފުނިތައް ހަދައިގެން ކުރަނީ ވައްކަން ކަމަށް ޣަފޫރު ތުހުމަތުކުރެއްވި އެވެ.

”ސަރުކާރަށް އިޚްލާސްތެރިޔާ، ރައްޔިތުންނަށް އިޚްލާސްތެރިއްޔާ ވައްކަމެއް ނުކުރާނެ. އެކަމަކު އެއީ މި ގައުމުގެ ވެރިންނަށް ވަރަށް ބޮޑަށް އޮޅިފަ އޮންނަ އޮޅުމެއް.“ ޣަފޫރު ވިދާޅުވި އެވެ.

ވަގުން އެއްކިބާކުރަންޖެހޭ ކަމަށާއި ވަގަކު އިޚްލާސްތެރިވާނެ ގޮތެއް ނޯންނާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި މިކަން ހުރިހާ ސަރުކާރުތަކެއްގެ ރައީސުންވެސް ރަނގަޅަށް ދަންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަނީ އިޚްލާސްތެރިކަމާއެކު ގައުމުގައި ކަންކަން ބެލެހެއްޓުމަށް ކަމަށާއި، ނަމަވެސް ކައިރީގައި ތިބޭ މީހުން ވައްކަންކުރާނަމަ އެ މީހަކު ދުރުކުރުމުގެ ހިތްވަރު ހުންނަންވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. މިދިޔަ ހުރިހާ ސަރުކާރެއްގައިވެސް ވައްކަން ކުރުމަށްފަހު އެމީހުން ރީތިކޮށް އުޅެނީ ކަމަށާއި، އަދި ވައްކަން ކުރާ މިހާ ވައްކަމުގެ ޓެގުގައި ”ގޮޅިއަށް“ ލުމުގެ ބާރު ދައުލަތެއްގައި އޮންނަންޖެހޭނެ ކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ