އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ދެ ކުއްޖަކަށް އަނިޔާވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ދެ ކުއްޖަކަށް އަނިޔާވެ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 21:17 ހާއިރު ހިތަދޫ ހީނާ މަގުގައި ދެ ސައިކަލް ޖެހުމުގެ ސަބަބުން ކަމަށެވެ. އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލް ދުއްވި އަންހެން މީހާއަށް އަނިޔާވެފައިވެ އެވެ.

ދެވަނަ ސައިކަލުގައި ދުއްވަން އިން 15 އަހަރުގެ ކުއްޖާއާއި އޭނާގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށްވެސް މި ހާދިސާގައި އަނިޔާވެފައިވެ އެވެ. މި ވަގުތު އަނިޔާވި ތިން މީހުންނަށްވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެކްސިޑެންޓްގެ ސަބަބުން އަނިޔާވި މީހުންގެ ހާލަތާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ