މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މުޅި މާލެއިން ކަރަންޓު ކެނޑިފައިވާއިރު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިންވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.
މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ގާތްގަނޑަކަށް 09:30 ހާއިރު އެވެ.
އިތުރު ތަފްސީލް އަންނަނީ………………………………
