އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ވަކިކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާ ގުޅޭ ގޮތުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، މަޖިލީހުގެ އެސްއޯއީ ކޮމިޓީ އިންވެސް އޭނާ މިއަދު ވަކިކޮށްފި އެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ގޮތުގައި، އެސްއޯއީ ކޮމިޓީ އަށް ޝުޖާއުގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވަނީ ހަމަޖައްސާފަ އެވެ.

ޝުޖާއު މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށް އިއްޔެ އޭނާ ވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.

ޓުވިޓާގައި ’ހަސަން ކުރުސީ‘ ގެ ނަމުގައި ހިންގާ އެކައުންޓަކުން ލީކުކޮށްލާފައިވާ ރިޕޯޓުގެ ސައްހަކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

ލީކުވެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު 1 އިން 2024 ވަނަ އަހަރުގެ ޖަނަވަރީ 10 އާ ދެމެދު ޝުޖާއުގެ ކުންފުނިތަކުން 42 މިލިއަން ރުފިޔާގެ މުއާމަލާތްތަކެއް ހިންގާފައިވެ އެވެ. އެހެންނަމަވެސް، މި ރިޕޯޓާ ގުޅޭގޮތުން ޝުޖާއު ވިދާޅުވެފައިވަނީ އޭގެ ސައްހަކަން ކަށަވަރުނުވާ ކަމަށާއި، އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނިކޮށް އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އިއްޔެ ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި އިސްމާއިލް ސާޖިދު ވަނީ އެ މަގާމަށް އައްޔަންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ