ސުކޫލް ބަންދަސް މި ދުވަސްވަރު ދަަތުރުކުރުން ރައްކާާތެރިއެއް ނޫން! ސަމާލުވޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެ މުއައްސަސާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިހާރު ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު، ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަންގާފައިވެއެވެ.

އެމްއެންޑީއެފްއިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ހާލަތްތަކުގައި މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކޮށްލުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެއިތުރުން، މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާބެހޭ އިދާރާގެ އިތުރުން އެމްއެންޑީއެފްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފް މޫސުން ގޯސްވުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ