މިފްކޯގެ އައުޓްލެޓެއް ލަންކާގައި ހުޅުވުމަށް މަސައްކަތް ކުރަނީ

Advertisement

އެންމެ ފަސް

Advertisement

މިފްކޯގެ ޝޯ ރޫމެއް ލަންކާގައި ހުޅުވުމަށް ދިރާސާތައް ކުރަމުންދާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސަފީރު މަސްއޫދު ވިދާޅުވީ، މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ. އަދި ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އޮތްކަން ފާހަގަކުރެއްވި އެވެ.

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމެންޓް ހޯދުމަށް އެ ޤައުމުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އަވަށްޓެރި ސްރީލަންކާގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ދިވެހިންނެކޭ އެއްގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަން އެގޮތްތަށް ދަސްކުރުމުގެ ޝައުޤުވެރިކަންވެސް އެ ޤައުމުން ފާޅުކޮށްފައިވާ ކަން ސަފިރު ފާހަގަކުރެއްވި އެވެ.

”ސްރީލަންކާގެ މީހުން ބޭނުންވޭ އަޅުގަނޑުމެން މަސްވެރިކަން ކުރާ ގޮތް ދަސްކުރަންވެސް. މީގެ ކުރީގައި އެކަހަލަ ހުށަހެޅުމެއް އަރުވާފައި ނެތް. މިފަހަކަށް އައިސް ސްރީލަންކާގެ ފިޝަރީސް މިނިސްޓަރ އަޅުގަނޑަށް ވިދާޅުވެފައި އެބަވޭ ތިމަންނަމެންގެ މީހުންނަށް ޕޯލް އެންޑް ލައިން މަސްވެރިކަން ކުރަން ދަސްކުރެވޭނެ މަގެއް ފަހިކޮށްދޭށޭ.“

މީގެއިތުރުން ސަފީރު މަސްއޫދު ވިދާޅުވީ، ލަންކާގައި ދިވެހިން އޮޕަރޭޓް ކުރާ ގޮތަށް ފެކްޓްރީއެއް ހެދުމުގެ ހުށަހެޅުމެއްވެސް ލިބިފައިވާ ކަމަށެވެ. އަދި މިފްކޯއިންވެސް ލަންކާގައި ޝޯ ރޫމަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭކަން ފާހަގަކުރެއްވި އެވެ.

ލަންކާގެ ރަައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ވަނީ މިދިޔަ ހަފްތާގައި ރާއްޖެއަށްވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައިވެސް ރާއްޖޭގެ ވިޔަފާރިތަކުން ލަންކާގައި އިންވެސްޓް ކުރެއްވުމަށް ހުށަހެޅުއްވި އެވެ.

ރާއްޖެ - ލަންކާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ