މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި މީހަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ވަޅިއަކުން ކަރަށް ހަމަލާދީ މާވަށުގައި މަރާލާފައިވަނީ ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމް، 29 އަހަރު އެވެ.

ފުލުހުން ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ދެމީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ، އަސަރީ މަންޒިލް / ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29 އަހަރު އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެެދުމަށް ރޭ ވަނީ މާލެ ގެނެސްފަ އެެވެ. ފުލުހުން އިއްޔެ ބުނެފައިވަނީ ހަމަލާ ދިނުމުގައި ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަކުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައިވަނީ މޫދަށް ފީނައިގެންކަމަށް ފުލުހުން ބުނެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ