މާވަށުގައި މަރާލި ޒުވާނާއަށް ހަމަލާ ދޭން ބޭނުން ކުރި ވަޅި ހޯދައިފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ މަރާލި ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމަށް ހަމަލާ ދޭން ބޭނުން ކުރި ހަތިޔާރު ހޯދައިފި އެވެ.

ފުލުހުން ބުނީ ހަމަލާ ދިނުމުގައި ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަކުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައިވަނީ މޫދަށް ފީނައިގެންކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަސަރީ މަންޒިލް / ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29 އަހަރު އަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ބުނެ އެވެ.

އެރަށުގެ ވޮލީ ކޯޓް ސަރަހައްދުގައި ހުއްޓާ މޫސާ އިބްރާހިމަށް ހަމަލާދީފައިވަނީ ވަޅިއަކުން ކަރަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަނިޔާވެފައިވާ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ